ޗެލްސީއަށް ކުޅެމުންދިޔަ ދެ ކުޅުންތެތިން ކަމުގައިވާ މިޚައިލޯ މުޑްރީކް އާޢި ޑިފެންޑަރ ޓޮސިން އަޑަރަބިއޯޔޯ ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރ އަށް ބަދަލުވެއްޖެއެވެ.
ކުޅިވަރުގައި މަނާ ބޭހަށް ޕޮޒިޓިވްވެ މިދިޔަ 2024 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން ސަސްޕެންޝަނެއްގައި ހުރި މުޑްރީކް އަށް އަލުން ކުޅުމުގެ ހުއްދަ ލިބިފައިވަނީ މިދިޔަ އޮގަސްޓް މަހުގައެވެ.
ޗެލްސީގެ ޕްރީ ސީޒަން ޓުއާގައިވެސް ބައިވެރިވި އުމުރުން 28 އަހަރުގެ މުޑްރީކް ޓޮޓްނަމް އަށް ދޫކޮށްފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް 75 މިލިއަން ޕައުންޑްގެ ފީއަކަށް އޭނާ އާޢިއެކު ދާއިމީ އެއްބަސްވުމެއް ހެދޭފަދަ މާއްދާއެއް އެގްރިމެންޓްގައި ވަނީ ހިމަނާފައެވެ.
މުޑްރީކް ޓޮޓްނަމް އަށް ބަދަލުވެފައިވާއިރު އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި މިވަގުތު ހުރި ރޮބާޓޯ ޑެޒާބީ އަކީ މުޑްރީކް ޔުކްރޭންގެ ޝާޚްތާރު ޑޮނެސްކަށް ކުޅުނުއިރު އެ ޓީމުގެ ކޯޗެވެ.
މުޑްރީކްގެ އިތުރުން ޓޮޓްނަމް އަށް ސޮއިކުރި ޑިފެންޑަރ އަޑަރަބިއޯޔޯ ވެފައިވަނީ މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި ޓޮޓްނަމް އާއި ގުޅުނު 10 ވަނަ ކުޅުންތެރިޔާއަށެވެ. އަދި މި ޓްރާންސްފަރގައި އެ ކްލަބުން ވަނީ 300 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކޮށްފައެވެ.
އަޑަރަބިއޯޔޯ ޗެލްސީ އާއި ގުޅިފައިވަނީ 2024 ވަނަ އަހަރު ފުލަމް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީއަށް 70 މެޗު ކުޅެދީފައެވެ.
ޓޮޓްނަމް އިން ޑިފެންޑަރެއް ހޯދާފައިވަނީ އެ ޓީމަށް ކުރިން ކުޅެމުންދިޔަ އޮސްޓްރިއާގެ ކެވިން ޑެންސޯ ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޑަލޭންޑަށް ދޫކޮށްލުމަށްފަހު އޭނާ ނެތްތަން ފޫބެއްދުމަށެވެ.
ޗެލްސީ ދޫކޮށް މުޑްރީކް އާއި އަޑަރަބިއޯޔޯ ޓޮޓްނަމަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed