ފީފާ ވޯލްޑްކަޕްގެ ދަށް ނަތީޖާއަށްފަހު, ދެކުނު ކޮރެއާގެ ވަގުތީ ކޯޗަކަށް ސްޕެއިން ގައުމީ ޓީމަށް ކުރި އިރުޝާދުދިން ރޮބާޓް މޮރޭނާ ހަމަޖައްސައިފިއެވެ. ކޮރެއާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މޮރޭނާއާ ޓީމް ހަވާލުކުރީ ނޮވެމްބަރުގެ ނިޔަލަށް ކަމަށެވެ.
އެމުއްދަތުގައި މޮރޭނޯގެ އިރުޝާދުގެ ދަށުން ކޮރެއާ ކުޅެންހުރި މެޗުތަކުގެ ތެރޭގައި ހިމެނެނީ މިމަހު އިކުއެޑޯ އަދި އުރުގުއޭއާ ވާދަކުރާ މެޗާއި އޮކްޓޯބަރު މަހު ވެނެޒުއޭލާ އަދި އުޒުބެކިސްތާނާ ވާދަކުރާ މެޗެވެ. އޭގެއިތުރުންވެސް އެމުއްދަތުގައި އިތުރު ދެ މެޗެއް ހަމަޖައްސަން ކޮރެއާ ފުޓްބޯޅަ ފެޑެރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރޮބާޓް މޮރޭނޯ ސްޕެއިންއަށް އިރުޝާދުދިނީ ލުއިސް އެންރީކޭ 2019 ވަނަ އަހަރު ޓީމް ދޫކޮށްލުމުން ވަގުތީ ގޮތުންނެވެ. އޭގެފަހުން މޮރޭނޯ ވަނީ ފްރާންސްގެ މޮނާކޯ އާއި ސްޕެއިންގެ ގްރެނާޑާ އާއި ރަޝިޔާ ކްލަބަކަށްވެސް އިރުޝާދު ދީފައެވެ.
ކޮރެއާ ކޯޗުގެ މަގާމް ހުސްވީ ވޯލްޑްކަޕް ގްރޫޕް ސްޓޭޖުން ކެޓުމުން, އޭރުގެ ކޯޗު ހޮން މިޔުން-ބޯ އިސްތިއުފާ ދިނުމުންނެވެ. 48 އަހަރުގެ މޮރޭނޯގެ އެއްބަސްވުން ނޮވެމްބަރު 27 އަށް ހަމަވިޔަސް, އޭނާގެ ނަތީޖާތައް ރަނގަޅުވެއްޖެ ނަމަ އަންނަ އަހަރުގެ ޖެނުއަރީ މަހު ސައުދީ އެރެބިޔާގައި އޮންނަ އޭޝިޔަންކަޕަށްވެސް ޓީމް ހަވާލުކުރުން ގާތީ މޮރޭނޯއާއެވެ.
ކޮރެއާގެ ވަގުތީ ކޯޗަކަށް ސްޕެއިންގެ މޮރޭނޯ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed