ރާއްޖެއައި މީހެއްގެ އަތުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނުނު މައްސަލައިގައި އެމީހާ ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް ވައިގެ މަގުން އެތެރެވި އެމެރިކާ ރައްޔިތެއްކަމަށްވާ އުމުރުން 36 އަހަރުގެ ކޮބޯލް ބްރިޓެއިން ނަމަކަށްކިޔާ މީހެއްގެ އަތުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނިފައިވާކަމަށެވެ.

މި މެގަޒިން ފެނިފައިވަނީ އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރުއެވެ. އޭނާ މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އޮގަސްޓް 25ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުޤީގުކުރަމުންނެވެ.