މަސްތުވާތަކެއްޗާއެކު ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އަޙްމަދު ފާޒިލް ހައްޔަރުކޮށް 10 ދުވަސް ބަންދަށް ޖަހައިފިއެވެ.
މީގެ ކުރިން ރާއްޖޭގެ ޤައުމީ ވޮލީޓީމުންވެސް ފާޒިލް ފެނިގެންދިޔައެވެ. އަދި ފާޒިލަކީ ޤައުމީ ވޮލީބޯޅަ ޓީމުގެ މިހާރުގެ ކެޕްޓަން އަހްމަދު ފައިރޫޒްގެ އެއްމާބަނޑު ބޭބެއެވެ.
މިދިޔަ މަހު ފާޒިލް ވަނީ މާރާމާރީގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައެވެ. އެ ފަހަރުވެސް ފާޒިލްގެ ބަންދަށް 10 ދުވަސްޖެހިއެވެ. އެ ފަހަރުގެ މާރާމާރީއަކީ އެ ރަށުގައި ކުރިއަށްދިޔަ ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން ހިނގި މާރާމާރީއެކެވެ.
ފުލުހުން ވިދާޅުވީ، ފާޒިލް ހައްޔަރުކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ވ. ކެޔޮދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި އޭނާއާ ގުޅުން ހުރި ދެ ގެއެއް ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 256.01 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޤައުމީ ޓީމުގެ އިތުރުން ރާއްޖޭގެ ޓޮޕް ޑިވިޝަންތަކުގެ ވޮލީ މުބާރާތްތަކުން ފެނިގެންދިޔަ ފާޒިލް ވަނީ ގިނަ މުބާރާތްތަކެއްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.
މަސްތުވާތަކެއްޗާއެކު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed