ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުން އަންނަ ދެ ޤައުމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް މިޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފްވަނީ އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.
🇮🇳🇲🇻
Heartfelt greetings to the people and Government of India on the occasion of India's 80th Independence Day.
The Maldives and India share a deep and enduring friendship. Wishing India continued peace, progress and prosperity in the years ahead.— Hussain Mohamed Latheef (@HucenSembe)August 15, 2026
ދިވެހިރާއްޖެއާއި އިންޑިއާއަކީ ގާތް އަދި ޒަމާންވީ ރަޙުމަތްތެރިކަމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް އިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، ކުރިއެރުމާއި، ބާއްޖަވެރިކަމަށް އެދޭކަމަށް ނައިބު ރައީސްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. މި ދުވަހަކީ 1947 ވަނަ އަހަރުގެ އޯގަސްޓް މަހު އިނގިރޭސީންގެ އިސްތިއުމާރު ނިމުމަކަށް އައިސް، އިންޑިއާއަށް މިނިވަންކަން ލިބުން ފާހަގަކުރާ ދުވަހެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގެންފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި މި ބައްދަލުވުންތަކުގައި 2 ޤައުމަށް ފައިދާކުރަނިވި އެއްބަސްވުންތައްވެސް ވަނީ އެކުލަވާލާފައެވެ.