ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅުގެ ފައިނަލްގެ ފުރަތަމަ ޖާގަ، ތުޅާދަޫއިން ހޯދައިފިއެވެ.
ތުޅާދޫއިން ފައިނަލްގެ ޖާގަ ހޯދީ، އޭދަފުށީ ފުޓްސަލް ދނޑުގައި ކުޅުނު ބ. އތޮޅު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގޮއިދޫ ބަލިކޮށްގެންނެވެ.
މެޗުން ތުޅާދޫ މޮޅުވީ 2-3އިންނެވެ.
މެޗުގައި ތުޅާދޫއިން ޖެހި ތިން ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. މި ލަނޑުތައް ޖަހައިދިނީ އާދިލް އަބްދުއްރަޙްމާނާއި ޙަސަން ނާއިލް ދާޢޫދުގެ އިތުރުން ހާޔަން ހަސަން ހުސެއިނެވެ.
ގޮއިދޫއިން ވަނީ މެޗުގެ ކޮންމެ ޖާފެއްގައި އެއް ލަނޑު ޖަހާފައެވެ.



މި މޮޅާއެކު މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ތުޅާދޫއިން ހޯދިއިރު ފައިނަލުގައު ތުޅާދޫ ނުކުންނާނީ މިރޭ އޭދަފުއްޓާއި މާޅޮސްގެ ކުރިމަތިލުމުގައި މޮޅުވާ ޓިމަކާ ދެކޮޅަށެވެ.
ފައިނަލް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
