ކ.ގުރައިދޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ފަށައިފިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭން އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުވުންތައް މިއަދުން ފެށިގެން މިމަހުގެ 13 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މަސައްކަތު ބައްދަލުވުމުގައި ގުރައިދޫ ކައުންސިލުގެ އިތުރުން ރަށުގެ މުހިއްމު ހުރިހާ މުއައްސަސާތަކުން ބައިވެރިވެއެވެ.

އެންޑީއެމްއޭގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، ރިސަރޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާއު ވިދާޅުވީ، ފުރަތަމަ ތިން ދުވަހު ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމަށްފަހު، ފަހު 2 ދުވަހު ކުރިއަށްދާނީ ކޮމިިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމު ނުވަތަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

"ފުރަތަމަ 3 ދުވަސް އަޅުގަނޑުމެން މި ޚާއްސަ ކުރަނީ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް. އެކަން އަޅުގަނޑުމެން މިކުރަނީ މި ރަށުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ކަމާ ގުޅުންހުރި ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއެކު. ފަހު ދެ ދުވަހު ކުރިއަށްދާނީ، ސާޓް ނުވަތަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ހަރަކާތްތެރިވާނެ ބޭފުޅުން ތަމްރީން ކުރުމަށް". ޙަސަން ޒިޔާއު ވިދާޅުވިއެވެ.

ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭން އެކުލަވާލަން ފަށައިފި
ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭން އެކުލަވާލަން ފަށައިފި

މިއީ ރަށު ފެންވަރުގައި ކާރިސީ ހިރާސް ކުޑަކޮށް، ކާރިސާގެ ހާލަތަކަށް ތައްޔާރުވެ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރަމުން ދިޔަ ފްރޭމްވޯކް އިސްލާޙު ކުރުމަށްފަހު، އެކުލަވާލި ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ ފްރޭމްވޯކުގެ ދަށުން ބާއްވާ ޕްރޮގްރާމެކެވެ.

އެންޑީއެމްއޭއިން ވިދާޅުވީ،މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، ލަގްޒަންބާގއާއި ޑެންމާކް އަދި ދެކުނު ކޮރެއާގެ އެހީއާއެކު ޔޫއެންޑީޕީން ކުރިއަށް ގެންދާ ރިޑްސް އިން ސިޑްސް ޕްރޮގްރާމުގެ މާލީ އެހީތެރިކަމާއެކުގައި ކަމަށެވެ.

2012 ވަނަ އަހަރުން ފެށިގެން އެންޑީއެމްއޭއިން އަމަލުކުރަމުން އައި ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިިސްކް މެނޭޖްމަންޓް ފްރޭމްވޯކް މިހާރު ވަނީ، ޔޫއެންޑީޕީގެ އެހީއާއެކު އިސްލާހުކޮށް ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންއަށް ބަދަލުކޮށްފައެވެ.

ރަށު ފެންވަރުގައި ކާރިސާތައް މެނޭޖުކުރުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާތަނަށް 72 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އިތުރު ރަށްރަށުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް އެ އޮތޯރިޓީން ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭން އެކުލަވާލަން ފަށައިފި
ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭން އެކުލަވާލަން ފަށައިފި