ރުކުމަޑިއާއި ހުދުކޫޑި ކޮންޓްރޯލްކުރާ ޕެސްޓްސައިޑް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ އެފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ކޮކޮނަޓް ހިސްޕިން ބީޓްލް ނުވަތަ ކުދި ރުކުމަޑި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއްކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ. މަޑީގެ މި ބާވަތަކީ، ރުއްތަކުގެ ފަންވަތްތައް ހާލާކުކޮށް ރުށްތަކުގެ ހެދިބޮޑުވުމަށް ހުރަސް އަޅާ މަޑީގެ ބާވަތެކެވެ.

މިކަމަށް ހައްލެއް ހޯދުމަށް ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާކޮށް ރުކުމަޑި ނައްތާލާ ސުއިތްޕެއް ވަނީ ހޯދާފައެވެ. މި ސޫފި އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރެއް ޤާއިމްކޮށް މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުގެ ރަށްތަކުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިމަސައްކަތް އަވަސް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ދަނީ ކުރަމުންނެއެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް ޕެސްޓްސައިޑް ބޭނުންވާ ފާރާއްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ހުރިހާ ކައުންސިލަކަށް ސިޓީ ފޮނުވާފައިވާނެކަމަށް ވިދާޅުވިއެވެ.

ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލުކުރާ ޕެސްޓްސައިޑް ބޭނުންވާ ރަށްތަކަށް ފޮނުވަނީ
ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލުކުރާ ޕެސްޓްސައިޑް ބޭނުންވާ ރަށްތަކަށް ފޮނުވަނީ

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހއ، ހދ، އަދި ށ، އަތޮޅުގެ ރަށްތަކުން ޕެސްޓްސައިޑް ބޭނުންވާނަމަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއިން ޒިޔާރަތްކޮށް އެތަނުން ކަލެކްޓު ކުރެވޭނެކަމަށެވެ. އަދި ބާކީ ހުރި އަތޮޅުތަކުން ޕެސްޓްސައިޑް ބޭނުންވާނަމަ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ކަލެޓް ކުރެވޭނެކަމަށެވެ. ވަޒީރު ޝިޔާމް ހދ، ހއގެ އަތޮޅައް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބައެއްރަށްތަކުގެ ކައުންސިލްތަކާއި ވަނީ އަމަލީ ގޮތުން މިތަކެތި ހަވާލުކޮށްފައެވެ. އަދި މިދެ އަތޮޅުގެ ދަނޑުވެރިކަން ކުރާ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް ވަނީ ބައްލަވާލައްވައި އެރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދައިރާއިން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ކުދި ރުކުމަޑި ކޮންޓްރޯލް ކުރުމަށްޓަކައި ޤުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ 'ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރެއް ދާދިފަހުން ވަނީ ހުޅުވާފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

މިގޮތުން، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި، ޕެސްޓަށް ޙަމަލާދޭ ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް) އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުން ހިމެނެއެވެ. މި މަސައްކަތަށް ޚާއްޞަކޮށްގެން ޤާއިމުކުރެވޭ ސެންޓަރުގައި، ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ހުންނާނެއެވެ.