މިދިޔަ މަހުގެ ނިޔަލަށް 7000ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުންނަށް ރިޕޯޓްކުރާ ކުށުގެ މައްސަލަތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. މިދިޔައަހަރުގެ ޖުލައިމަހުގެ ނިޔަަލަށް ރިޕޯޓް ކޮށްފައިވަނީ 6720 މައްސަލައެވެ. މި އަދަދު މިއަހަރުގެ މި މުއްދަތުގައި ވަނީ 7349 އިތުރުވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އަހަރުގެ މިހާތަނަށް ވައްކަމުގެ 2054 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބު:
- • ވައްކަމުގެ 2,054 މައްސަލަ
- • ޓްރެފިކް އެކްސިޑެންޓްގެ 1,803 މައްސަލަ
- • މަސްތުވާތަކެއްޗާ ގުޅޭ 1,487 މައްސަލަ
- • އެއްޗެތި ގެއްލިގެން 605 މައްސަލަ
- • މުދަލަށް ގެއްލުން ދިނުމުގެ 377 މައްސަލަ
- • މާރާމާރީގެ 395 މައްސަލަ
- • ގެވެށި އަނިޔާގެ 197 މައްސަލަ
- • ޖިންސީ ކުށުގެ 152 މައްސަލަ
- • ފޭރުމުގެ 93 މައްސަލަ
- • ޚިޔާނަތުގެ 156 މައްސަލަ
- • ފޯޖް ކުރުމުގެ 29 މައްސަލަ
- އެކައުންޓްގައި ފައިސާނެތި ޗެކްދޫކުރުމުގެ 1 މައްސަލަ
އަހަރުގެ ފުރަތަމަ 7 މަސްދުވަސް ނިމިފައިވާއިރު، ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ޓްރެފިކް އެކްސިޑެންޓުތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ ނިޔަލަށް 1,803 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މިއަހަރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 1729ގައެވެ.

ފުލުހުން މަގުމަތީގައި / ފޮޓޯ: ޕޮލިސް މީޑިއާ
އެކްސިޑެންޓުތަކުގެ ތަފާސްހިސާބު:
- - ޖަނަވަރީ: 303 އެކްސިޑެންޓު
- - ފެބުރުވަރީ: 251 އެކްސިޑެންޓު
- - މާރިޗު: 273 އެކްސިޑެންޓު
- - އެޕްރީލް: 284 އެކްސިޑެންޓު
- - މޭ: 273 އެކްސިޑެންޓު
- - ޖޫން: 256 އެކްސިޑެންޓު
- - ޖުލައި: 271 އެކްސިޑެންޓް
ކުށް މަދުކުރުމަށް ކަމާގުޅުން ހުރި ފަރާތްތަށް ގުޅިގެން ތަފާތު ހަރަކާތްތައް ދަނީ ހިންގަމުނެވެ. އެގޮތުން "ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން" ފާހަގަކޮށްލެވެއެވެ. ރައްކާ ކެމްޕެއިނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ޢާއްމުން ހޭލުންތެރިކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ކެމްޕެއިނެކެވެ.