އޮޑި ސްޕޯޓްސް ކުލަބުން މިދިޔަ ސީޒަނުގައި ފެނުނު، ހުސެއިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވިކްޓްރީ ސްޕޯޓްސް ކުލަބަށް ބަދަލުވެއްޖެއެވެ.
ވިކްޓްރީން އަންނަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ވިކްޓްރީން ވަނީ މާޒިޔާއަށް ކުޅުނު އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު)ގެ ސޮއި އެ ޓީމުން ހޯދާފައިވާ ކަމެވެ.
މިދިޔަ ސީޒަނުގައި އޮޑި ސްޕޯޓްސް ކުލަބުން ފެނުނު ނިހާން، ވިކްޓްރީގެ ޖާޒީގައި ފެންނާނެ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު ނިހާން ވަނީ ވިކްޓްރީއަށް ކުޅެފައެވެ. ވިކްޓްރީގެ އިތުރުން ނިހާން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް ވެލެންސިއާ އަދި ކުލަބް އީގަލްސްއަށް ވެސް ކުޅެފައެވެ.
ނިހާންގެ އިތުރުން ތަޖުރިބާކާރު ކީޕަރު. ޝަފީއު ވެސް ވަނީ އޮޑި ސްޕޯޓްސް ކުލަބު ދޫކޮށް، ވިކްޓްރީ އަށް ބަދަލުވެފައެވެ. ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބްތަކަކުން ޝަފީއު ފެނިގެން ގޮސްފައިވާއިރު، އޭގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް، ކުލަބް ވެލެންސިއާ، ކުލަބް އީގަލްސް، އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ހިމެނެ އެވެ.
ނިހާން އާއި ޝަފީއު ވަނީ މިދިޔަ އަހަރު އޮޑި ސްޕޯޓްސް ކްލަބާއެކު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ އަތުން މޮޅުވި މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޝަފީއު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ނިހާން އާއި ޝަފީއު ވެސް ވިކްޓްރީއަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed