ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި 8 ގައުމެއްގެ ސަފީރުންނާއި ބައްދަލުކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގައި މި ސަފީރުންނާއި ހައިކޮމިޝަނަރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުއްވުމާއި ގުޅިގެން އެކަމަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ޤަޠަރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީއާއެކު ބޭއްވި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން، ޤަޠަރު ސަރުކާރަށާއި، ޝާހީ އާއިލާއަށާއި، ޤަޠަރުގެ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
The newly appointed Ambassador of Qatar calls on Foreign Minister Iruthisham Adam
📃Press Release |https://t.co/4umDVSNV81pic.twitter.com/zAU5d882Xo— Ministry of Foreign Affairs 🇲🇻 (@MoFAmv)July 22, 2026
ވަޒީރު އިރުތިޝާމް ވަނީ ރާއްޖެއަށް ޤަޠަރު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރުއަދާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުވުން ނިންމަވާލައްވަމުން ދިވެހިރާއްޖެއަށާއި ޤަޠަރަށް ފައިދާހުރި ކަންކަމުގައި އެކުއެކީގައި މަސައްކަތްކުރުމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ.
Newly appointed Non-Resident High Commissioner of Fiji to the Maldives calls on Minister Iruthisham Adam
📃Press Release |https://t.co/FIDXfF2YLJpic.twitter.com/4xFky4VfbM— Ministry of Foreign Affairs 🇲🇻 (@MoFAmv)July 22, 2026
ޤަޠަރު ސަފީރުގެ އިތުރުން ފިޖީން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޖަގްނަތު ސާމީވެސް ވަނީ ވަޒީރު އިރުތިޝާމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ސަފީރު ޖަގްނަތު ސާމީ ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ފިޖީއާއި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމުގެ ޔަޤީންކަން އެރުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރާއި ފިޖީ ސަފީރުގެ ވާހަކަފުޅުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަލްޓިލެޓަރަލް ގުޅުމާއި ފަތުރުވެރިކަމާއި އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
Newly appointed Non-resident Ambassador of Kosovo to the Maldives calls on Foreign Minister Iruthisham Adam
📃Press Release |https://t.co/HqbLuW7xaUpic.twitter.com/WoafqRVeem— Ministry of Foreign Affairs 🇲🇻 (@MoFAmv)July 22, 2026
ކޮސޯވޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ލުލްޒިމް ޕްލާނާއާއި، ވަޒީރު އިރުތިޝާމް އާދަމް ބޭއްވި ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ކޮސޯވޯއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ސަފީރު ލުލްޒިމް ޕްލާނާ ވަނީ ޚާރިޖީ ވަޒީރު އިރުތިޝާމްއަށް ޝުކުރު ދަންނަވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާ ފަދަ ދެ ޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުރިކަމަށް ވިދާޅުވިއެވެ.
The newly appointed Non-Resident Ambassador of Somalia calls on Foreign Minister
📃Press Release |https://t.co/v8bAdXaCt4pic.twitter.com/Ya7yAtKeFs— Ministry of Foreign Affairs 🇲🇻 (@MoFAmv)July 22, 2026
ސޮމާލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑރ. ޢަބްދުﷲ މުޙައްމަދު އޮޑަވާާ، ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމްއާއެކު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސޮމާލިއާއާ ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއަށާއި ސޮމާލިއާއަށް ފައިދާހުރި ކަންކަމުގައި އެކުއެކީގައި މަސައްކަތްކުރުމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ.
Newly appointed Non-Resident Ambassador of the Republic of Slovenia to the Maldives calls on Foreign Minister Iruthisham
📃Press Release |https://t.co/uDGKI6D8wipic.twitter.com/sgSu1BLPTi— Ministry of Foreign Affairs 🇲🇻 (@MoFAmv)July 22, 2026
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާއި ސްލޮވީނިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ތޮމާޝް މެންސިންއާއި ބައްދަލުކުރައްވާ، ތަޢުލީމާއި މޫސުމަށް އަންނަ ބަދަލުތަކާއި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މަލްޓިލެޓަރަލް ގުޅުން ބަދަހިކުރުމަށް ދެ ޤައުމު އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ވަޒީރު ވަނީ ސްލޮވޭނިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
Newly appointed Non-resident Ambassador of Cuba to the Maldives calls on Minister Iruthisham Adam
📃Press Release |https://t.co/kfEim2nEWKpic.twitter.com/DDxzR2biff— Ministry of Foreign Affairs 🇲🇻 (@MoFAmv)July 22, 2026
ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ކިއުބާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕެޓްރީޝާ ލަޒާރާ ޕެގޯ ގުއެރާ ވަނީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ކިއުބާ އާއި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރާއި ކިއުބާ ސަފީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަކިން ޚާއްސަކޮށް ސިއްހީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
Newly appointed Non-resident Ambassador of the Dominican Republic to the Maldives calls on Minister Iruthisham Adam
📃Press Release |https://t.co/hIXe62x1a8pic.twitter.com/L2IB7budDO— Ministry of Foreign Affairs 🇲🇻 (@MoFAmv)July 22, 2026
އިރުތިޝާމް އާދަމްގެ އަރިހަށް ޑޮމިނިކަން ރިޕަބްލިކްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ފްރަންސިސްކޯ މެނުއެލް ކޮމްޕްރޭ ހަރނަންޑެޒް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަލްޓިލެޓަރަލްގެ ގުޅުމާއި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
The newly appointed High Commissioner of Namibia calls on Foreign Minister Iruthisham Adam
📃Press Release |https://t.co/kHKwnsGA41pic.twitter.com/VSV32eX6uh— Ministry of Foreign Affairs 🇲🇻 (@MoFAmv)July 22, 2026
ނެމީބިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެލެކްސް ލުނިޔާޒޯ ޓުކުހުޕްވެލޭވެސް ވަނީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ކުރިމަގުގައި މިގުޅުން އިތުރަށް ފުޅާކުރުމަށް ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތްކުރުމަށް މިބައްދަލުކުރެެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި އެފްރިކާގެ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި ވަޒީރު އިރުތިޝާމްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާޖް ޑރ. ޢަބްދުﷲ ޝިހާމް ޙަސަން، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، އަދި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.