ގައުމީ ރޮކެޓް ލީގު ޓީމުގެ ރޭންކިން އިރުމަތީ އޭޝިއާގެ ފަސްވަނައަށް ޖެހިލައިފިއެވެ.
މި ޝަރަފު ގައުމީ ރޮކެޓް ލީގު ޓީމުން ހޯދާފައިމިވަނީ ފީފާއީ ވޯލްޑްކަޕުގެ ފުރަތަމަ ބުރުގައި މުޅިން އަލަށް ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދާ، ދެވަނަ ބުރަށް ކޮލިފައިވުމާއެކުއެވެ.
ގައުމީ ރޮކެޓް ލީގް ޓީމް ފީފާއީ ވޯލްޑްކަޕުގެ ދެވަނަ ބުރަށްކޮލިފައިވީ، ކޮލިފައިންގެ ފުރަތަމަ ބުރުގައި ވާދަކޮށް، 12 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމު ހޯދައިގެންނެވެ. މި ބުރުގައި ގައުމީ ޓީމުވަނީ ވަރުގަދަ ގައުމުތަކުގެ މައްޗަށް ކުރި ހޯދާފައެވެ. އޭގެ ތެރޭގައި ބުރުނާއީ ދާރުއްސަލާމް، ޕަޕުއާ ނިއުގިނީ، ކިރިގިސްތާނު އަދި ހޮންގކޮންގ ފަދަ ގައުމުތައް ހިމެނެއެވެ.
ފީފާއީ ވޯލްޑްކަޕުގެ ދެވަނަ ބުރުކަމަށްވާ ކޮންޓިނެންޓަލް ޗެންޕިއަންޝިޕް އޭޝިއާ އޮންނާނީ އަންނަމަހުގެ 19 އިން 23 އިން މެލޭޝިއާގެ ވެރިރަށް ކުއަލަލްމަޕޫރުގައެވެ. މިމުބާރާތުގައި އެންމެ މަތިން ޕޮއިންޓް ހޯދާ ގައުމުތައް، ނޮވެމްބަރުމަހުގެ ސައުދީ އަރަބިއްޔާގެ ރިޔާޟްގައި އޮންނާ ފީފާއީ ވޯލްޑްކަޕަށް ކޮލިފައިވާނެއެވެ.
ފީފާއީ ވޯލްޑްކަޕުގެ ފުރަތަމަ ބުރުން މި ހޯދި ކާމިޔާބީއާއެކު، ގައުމީ ރޮކެޓް ލީގު ޓީމުވަނީ އިރުމަތީ އޭޝިއާ އަދި އޯޝިނިއާ ސަރަހައްދުގެ 6 ވަނަ ހޯދާފައެވެ. އަދި މިއާއެކު އިރުމަތީ އޭޝިއާގެ ފަސްވަނަ، ސާރކްގެ ދެވަނަ އަދި ދުނިޔޭގެ ރޭންކިންގެ 28 ވަނަ އަށް ރާއްޖޭގެ ޓީމުވަނީ ޖެހިލާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސްޕޯޓްއަށް ޚާއްސަކޮށް ގައުމީ ޓީމެއް އެކުލަވާލީ މިއަހަރުގެ ކުރީކޮޅެކެވެ. މުޅިން އަލަށް ފީފާއީ ވޯލްޑްކަޕުގައި ވާދަކޮށް ގައުމީ ޓީމުން މި ހޯދި ކާމިޔާބީއަކީ ފާހަގަކޮށްލެވޭވަރުގެ މުހިއްމު ކާމިޔާބީއެކެވެ.
ފީފާއީ ވޯލްޑްކަޕުގެ އޯޝޭނިއާ ސަރަހައްދުގެ އެއްވަނައިގައި އޮތީ އޮސްޓްރޭލިއާއެވެ. ދެވަނައިގައި ނިއުޒީލެންޑް އޮތް އިރު، މެލޭޝިއާ އޮތީ ތިންވަނައިގައެވެ.
ގައުމީ ރޮކެޓް ލީގު ޓީމުގެ ރޭންކިން އިރުމަތީ އޭޝިއާގެ ފަސްވަނައަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed