ކަރަންޓު ޚިދުމަތުގެ އަޕްގްރޭޑް މަސައްކަތް ކުރުމަށް ހޫޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު 1 ގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެފައެވެ.

ސްޓެލްކޯއިން ވިދާޅުވީ، ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކަރަންޓު ޚިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 6:00 އާޢި 7:00 ދެމެދު ކަރަންޓު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކެނޑިދާނެ ކަމަށެވެ. ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލެ ނެބަރ ހުޑް 1 އަދި 2 އިންނެވެ.

ސްޓެލްކޯއިން ވަނީ މި ހާލާތުގައި ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.