މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 15ގެ ނިޔަލަށް އިތުރުކޮށްފިއެވެ. އެމްއެމްއޭއިން ވަނީ، ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
ކޯސް ފުރިހަމަ ކުރުމަށްފަހު، 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
އެމްއެމްއޭއިން ހުޅުވާލާފައިވާ ސްކޮޕަރޝިޕް ފުރުސަތުތައް:
- * ބެޗްލަރސް އޮފް އެކައުންޓިންގ، ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
- * މާސްޓަރސް އޮފް ލޯސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
- * މާސްޓަރސް އޮފް އިކޮނޮމިކްސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
- * ޕީ.އެޗް.ޑީ، އިންސިފް ޔުނިވަރސިޓީ، މެލޭޝިޔާ
- - ޕީ.އެޗް.ޑީ އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ
- - ޕީ.އެޗް.ޑީ އިން އިސްލާމިކް ފައިނޭންސް (ރިސާރޗް)، ނުވަތަ
- - ޕީ.އެޗް.ޑީ އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީއާއި، ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތައް ލިބޭނެއެވެ. އެމްއެމްއޭއިން ވިދާޅުވީ، ޕްރޮގްރާމުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސްއާއި، އެސްޓެބްލިޝްމަންޓް އެލަވަންސްއާއި، ޑިޕާޗަރ އެލަވަންސް ލިބޭނެ ކަމަށެވެ. އަދި ވިސާ ޚަރަދާއި، ހެލްތު އިންޝުއަރެންސްވެސް ލިބޭނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ.