ހަކުރުބަލީގެ ނުރައްކަލުން ސަލާމަތްވުމަށާއި، ބަލި ހުރިތޯ އަވަހަށް ދެނެގަތުމަށް ބާރުއެޅުމުގެ ގޮތުން އައިޖީއެމްއެޗް ނޭޝަނަލް ޑައިބެޓީސް ސެންޓަރުން ޚާއްސަ ސްކްރީނިންގ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 10 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭ ސޯޝަލް ސެންޓަރުގައެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި ހަކުރުބަލި އިތުރުވަމުންދާ މިންވަރު މަދުކުރުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
A simple screening today can make a lifetime of difference.
Diabetes often develops silently, but early detection can help prevent serious complications. Take a few minutes to know your risk and protect your health.
Join the National Diabetes Centre for our upcoming Community…pic.twitter.com/yJCOp78iDV— IGMH (@igmhmv)July 9, 2026
މި ސްކްރީނިންގ ކޭމްޕުގައި ގިނަ ޚިދުމަތްތަކެއް ހިލޭ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
- އިސްކޮޅާއި، ބަރުދަން އަދި ބީއެމްއައި ބަލައި ދެނެގަތުން
- ލޭގެ ޕްރެސަރު ބެލުމާއި، ލޭގައި ހަކުރު ހުރި މިންވަރު ޓެސްޓުކުރުން
- ދުޅަހެޔޮ ކާނާއާ ބެހޭގޮތުން މައުލޫމާތު ދިނުން
- ހަކުރުބައްޔާ ގުޅޭގޮތުން ޑޮކްޓަރުންގެ ލަފަޔާއި އިރުސާދު ހޯދުމުގެ ފުރުސަތު
މި ހަރަކާތަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ޚާއްޞަކޮށްގެން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.
ހަކުރުބަލީގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އަވަހަށް ބަލި ދެނެގަތުމަކީ މުހިންމު ކަމެއްކަން ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ. ރާއްޖޭގައި ގައިންގައިން ނާރާ ބަލިތަކުގެ ތެރެއިން ހަކުރު ބައްޔަކީ އެންމެ އާންމު އެއް ބައްޔެކެވެ.