އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން އެއްވަނައަށް ސީޑު ކުރެވިފައިވާ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން ސިނާ ޖާގަހޯދާފައިވަނީ ކްއާޓަރ ފައިނަލްގައި ޖަރުމަނުވިލާތުގެ ޔާން ލެނާޑް ޝްޓުރުފް އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ދެސެޓު ވެގެންދިޔައީ ސިނާއަށް އެހާ ފަސޭހަ ދެސެޓަކަށް ނޫނެވެ. މިގޮތުން ފުރަތަމަ ސެޓު ވަރަށް ވާދަވެރި ކުޅުމަކަށްފަހު ސިނާ އަށް ކާމިޔާބު ކުރެވިފައިވަނީ ހަތެއް ފަހަކުންނެވެ. ދެވަނަ ސެޓުގެ ވާދަވެރިކަން އެއަށްވުރެ އިތުރުވެ ޓައި ބްރޭކަކަށް ގޮސް ސިނާ ކުރި ހޯދީ ހަތެއް ހަތަރަކުންނެވެ. އަދި ފަހު ސެޓު ސިނާ ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ދެސެޓާއި އަޅާބަލާއިރު ފަސޭހަ ކަމާއެކު ހައެއް ތިނަކުންނެވެ.
އެންމެ ފަހުން ނިމިގެންދިޔަ ފްރެންޗް އޯޕަންގެ ދެވަނަ ބުރުގައި ހޫނުގެ އަސަރު ކުރުމުގެ ސަބަބުން ސިނާ ހައިރާން ކުރުވަނިވި ގޮތަކަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް މިމެޗުގައި އޭނާއަށް އެކަމުގެ އަސަރު ކުރިތަނެއް ފެނިގެނެއް ނުދެއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ބުނީ ފްރެންޗް އޯޕަންގެ ނާކާމިޔާބީއަށްފަހު އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި މިމުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެވިފައިވާކަމަށެވެ. އަދި މިމެޗުގައި އޭނާ ފިޒިކަލީގޮތުން ހުރީ ވަރަށް ފިޓްކޮށް ކަމަށްވެސް އޭނާ ހާމަކުރިއެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގައި ސިނާ ބައްދަލުކުރާނީ މިމުބާރާތް 7 ފަހަރު ކާމިޔާބު ކޮށްފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް އާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ހަތްވަނައަށް ސީޑު ކުރެވިފައިވާ ޖޯކޮވިޗް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ކެނެޑާގެ ފީލިކްސް އައުގަރ އެލިއަސީމް އާއި ބައްދަލުކުރި މެޗު 3 ސެޓު 2 ސެޓުން ކާމިޔާބު ކޮށްގެންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ބާރަ ދިހަޔަކުން ޖޯކޮވިޗް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އެލިއަސީމް ކާމިޔާބު ކުރީ ތިނެއް ހަޔަކުންނެވެ. އަދި ތިންވަނަ ސެޓު ޖޯކޮވިޗް ހައެއް ތިނަކުން ކާމިޔާބު ކުރިއިރު ހަތަރު ވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތަރެއް ހަތަކުން ކާމިޔާބު ކުރީ އެލިއަސީމްއެވެ. އަދި ފަހު ސެޓު އަނެއްކާވެސް ޓައި ބްރޭކަކަށް ގޮސް ދިހައެއް ހަތަރަކުން ކާމިޔާބު ކުރީ ޖޯކޮވިޗްއެވެ.
މީގެއިތުރުން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް އާއި ތޭރަވަނައަށް ސީޑު ކުރެވިފައިވާ ޗެކިއާގެ ޔީރީ ލެހެޗްކާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ޒުވަރޭވްއެވެ. މިކާމިޔާބީ އާއެކު މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި ޒުވަރޭވް ބައްދަލުކުރާނީ ހަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލަރ ފިޓްޒް އާއެވެ.
ވިމްބަލްޑަންގެ ސެމީ ފައިނަލުން ސިނާ ޖާގަ ހޯދައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed