ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްގެންދާ ކުނަހަންދޫ ވިމެންސް ކަޕްގެ ފުރަތަމަ މެޗު ސުޕާ ގާލްސް ޓީމުން ކާމިޔާބުކޮށްފިއެވެ.
އެޓީމުން މުބާރާތުގެ ފެށުން ރަނގަޅުކުރީ ޕިންކް ލޭޑީ ޓީމާއި ވާދަކޮށް 3 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ގުރުދިމާވެގެން ޕިންކް ލޭޑީ ޓީމުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމުން ކުޅެން އަރާ 15 އޯވަރުތެރޭ 5 ބޯޅައިން ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 150 ލަނޑެވެ. ޕިންކް ލޭޑީ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 42 ލަނޑު ހެދި ޒީޝާން ހާފިޒްއެވެ. ސުޕާ ގާލްސް ޓީމުން އެންމެ ރަނގަޅަށް އުކީ 23 ލަނޑަށް 3 ވިކެޓް ނެގި ސުމާ ބިންތި ލަތީފްއެވެ.


ކުނަހަންދޫ ވިމެންސް ކަޕްގެ ތެރެއިން-- ފޮޓޯ: ޕީއެސްްއެމް ނިއުސް
ޖަވާބުގައި ސުޕާ ގާލްސް ޓީމުން ކުޅެން އަރާ 3 ވިކެޓަށް 152 ލަނޑު ހަދާ މެޗުވަނީ ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 47 ލަނޑު ހެދި ސުމާ ބިންތި ލަތީފްއެވެ. ޕިންކް ލޭޑީ ޓީމުން އެންމެ ރަނގަޅަށް އުކީ 56 ލަނޑަށް 2 ވިކެޓް ނެގި އާމިނަތު ނަތާޝާއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕާ ގާލްސް ޓީމުގެ ސުމާއެވެ.
ލ. ކުނަހަންދޫ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ދެން ވާދަކުރާނީ ޕިންކް ލޭޑީ ޓީމާއި މޫން ސްޓާއެވެ. ހަތަރު ޓީމަކުން ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 12 ގެ ނިޔަލަށެވެ.