ބ. އޭދަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ %54 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އަތޮޅުގެ ވިޔަފާރީގެ މައިހަބެއްގެ ގޮތުގައި އޮންނަ އޭދަފުށީ ބަނދަރަކީ އަތޮޅުގެ އެހެން ރަށްރަށުން އެތައް އުޅަނދެއް ވަދެ ނުކުމެ ހަދާ ބަނދަރަކަށްވުމުން އެރަށުގެ ބަނދަރަކީ ތޮއްޖެހުން ބޮޑުބަނދަރެކެވެ. އޭދަފުށީގެ ބަދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެމްޓީސީސީން ވިދާޅުވީ އޭދަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެދަށުން މިހާރު ކުރިއަށްދަނީ ކެޕިން ކޮންކްރީޓްގެ މަސައްކަތްތައް ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، ފަޅު އަލުން ފުންކުރުމާއި 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 402 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން 170 މީޓަރުގެ ބޭރުތޮށި ޖެހުމާއި 383 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.


އޭދަފުށި ބަނދަރުގެ މަސައްކަތުގެ ބޮޑުބައެް ނިމިފައި. ފޮޓޯ އެމްޓީސީސީ
Project Update: Design and Build of B. Eydhafushi Harbor Construction Works
Capping beam concrete works are ongoing. Overall project progress is 54%.
Follow more updates at:https://t.co/SfVAzkW2pp#MTCCProjects#TeamMTCC#RayyithungeKunfuni#GaumuBinaakurumugaaMTCCpic.twitter.com/ZxXFoInv09— MTCC Plc (@MTCCPlc)July 5, 2026
މި މަޝްރޫޢުގެ ދަށުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕަކާއި 18 މީޓަރު ފުޅާ ފާލަމެއް ހެދުމާއ،ި 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި އަދި މޫރިން ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ ސަރުކާރުން 64.67 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
ބ.އަތޮޅުގެ ވެރިކަން ކުރާރަށް އޭދަފުށީގައި ބަނދަރެއް ޤާއިމުކުރީ 1995 ވަނަ އަހަރުއެވެ. އެއީ އޭރު އަތޮޅުތެރޭގެ ރަށެއްގައި ޤާއިމްކުރި އެންމެ ބޮޑު ބަނދަރެވެ. ނަމަވެސް ރަށަށް އަންނަމުން ދިޔަ ތަރައްޤީއާއެކު، ބަނދަރަށް އޮތް ޑިމާންޑު ބޮޑުވެ، ތޮއްޖެހުމުގެ މައްސަލަވަނީ ކުރިމަތިވެފައެވެ.