އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުގެ ބާވަތްތަކުން ނަގަމުންދިޔަ ޑިއުޓީ ކަނޑާލުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިކަން މިގޮތަށް ނިންމާފައިވާކަމަށް އިންޑިއާގެ ގެޒެޓުގައިވަނީ ޝާޢިއުކޮށްފައެވެ.
ރާއްޖެއިން އާންމުކޮށް ތެލުގެ ބާވަތްތައް އެތެރެކުރަނީ، މެދުއިރުމަތީގެ ޤައުމުތަކުންނެވެ. އެހެންނަމަވެސް ޚުރުމޫޒް ކަނޑުއޮޅީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ވިޔަފާރިތަކަށާއި، ދުނިޔޭގެ ހަކަތައިގެ ސިނާޢަތަށް ބުރުއަރާފައިވާ މިދަނޑިވަޅުގައި ރާއްޖެއިން ވަނީ އަވައްޓެރި އިންޑިއާއިން ތެޔޮގަތުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ރަސްމީކޮށް ސަރުކާރުން އަދި މިކަމުގައި ވަކިއެއްޗެއް ހާމަކޮށްފައި ނުވިނަމަވެސް، އިންޑިއާ ސަރުކާރުން މިހާރުވަނީ، ރާއްޖެ ހިމެނޭހެން ބައެއް އަވައްޓެރި އެހެން ޤައުމުތަކަށް އެޤައުމުން ބޭރުކުރާ ތެލުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލަން ނިންމައި އެކަން ގެޒެޓުގައި ޝާއިއުކޮށްފައެވެ.
Special gestures 🇮🇳 🤝 🇲🇻
India waives Special Additional Excise Duty (SAED) and Road & Infrastructure Cess (RIC) on export of petroleum products to the Maldives.#NeighbourhoodFirst#IndiaMaldivesAt60@MoFAmv@MoEDmv@stoplc@governmentmv@psmnewsmv@MEAIndiapic.twitter.com/WSjLPT3HXz— India in Maldives (@HCIMaldives)July 2, 2026
އިންޑިއާއިންވަނީ، 'ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ'އާއި 'ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް' ކަނޑާލަން ނިންމާފައެވެ. އެޤައުމުން މީގެކުރިން ޑިއުޓީގެ މިލުއިތައް ދެމުންދިޔަ ޤައުމުތަކުގެ ތެރޭގައި ސްރީލަންކާއާއި، ބޫޓާނާއި ނޭޕާލުގެ އިތުރުން ބަންގްލަދޭޝް ހިމެނެއެވެ. އެޤައުމުގެ ޑިއުޓީއާއި ގުޅޭ ޤާނޫނަށް ގެނައި އިސްލާޙާއެކު މިލުއިތައް ލިބޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ވަނީ ހިމެނިފައެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި އޮމާނާއި، ސިންގަޕޫރާއި، މެލޭޝިއާގެ އިތުރުން ޔޫއޭއީ ހިމެނެއެވެ.