ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 110 ނަންބަރު ފުލެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
100 ނަންބަރު ފްލެޓުގެ އެންމެ ތިރީ އެޕާޓްމަންޓެއްގައި ހިނގި މިހާދިސާގައި އެކި ވަރުގެ ގެއްލުންތަކެއް ލިބުނު 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި ހާދިސާގެ މައުލޫމާތު ރޭ 01:10 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް 01:23 ހާއިރު އަލިފާން ނިއްވާލާފައެވެ.


ހުޅުމާލެ ފޭސް 1ގެ 110ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓުގައި ރޯވި އަލިފާން / ފޮޓޯ: އެމްއެންޑީއެފް
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު:
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭ.
މި ހާދިސާ ހިނގިއިރު އެ ގޭގައި…pic.twitter.com/KNyDUJ0jg7— NDMA Maldives (@NDMAmv)July 1, 2026
މި ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓުގައި ދިރިއުޅޭ 7 މީހުންގެ ތެރެއިން 5 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. މީގެ ތެރޭގައި 2 ކުޑަކުދި ންނަށާއި ބޮޑު 3 މީހުން ހިމެނެއެވެ.
މީގެތެރެއިން މިހާރު ފަރުވާދެމުންދަނީ ދެމީހަކަށެވެ. އެއީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ ފިރިހެނަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި ފިރިހެނެކެވެ. ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިގޮތުގައި، ފިހިގެން ފަރުވާދެމުންދާ މީހާގެ އަތާއި ފައިގެ %12 ވަނީ ފިހިފައެވެ.
މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ތަން ވަނީ ހަލާކުވެފައެވެ. އެންޑީއެމްއޭ އިން މިހާރު ދަނީ އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ކަންކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.