އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ރާރާ ޕްރޯ 2026" ތިރީހަށްވުރެ ގިނަ ކައިޓް ސާފަރުންނާއެކު ކުރިއަށް އެބަދެއެވެ.

މިއަހަރުގެ މުބާރާތް ކ. ދިއްފުށީގައި ކުރިއަށްދާއިރު، މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ފްރީ ސްޓައިލް ކައިޓްބޯޑިން ކެޓަގަރީވެސް ވަނީ ހިމަނާފައެވެ. މީގެ އިތުރުން މިމުބާރާތުގައި އޭޝިއާގެ އެންމެ ވަރުގަދަ އެއް ކައިޓް ސާފަރުކަމަށްވާ ތައިލޭންޑުގެ ނަރަޕިޗިޓް ޕުޑްލާ (ޔޯ)ވެސް ވާދަކުރެއެވެ.

އައިކޯނިކް އިވެންޓްސްއިން ބުނެފައިވާ ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކައިޓް ބޯޑިން އިތުރަށް ފުޅާކޮށް، މޫދު ކުޅިވަރާއި ފަތުރުވެރިކަން ގުޅުވާލުމެވެ. އޭގެ އިތުރުން މިކުޅިވަރު އިތުރަށް ފުޅާކުރެވޭނެ ގޮތްތައް ދެނެގަނެ މިކަމުގެ ތެރެއަށް އައު އެތުލީޓުން ވެއްދުމަކީ މިފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމު މަގްސަދެއްކަމަށް އައިކޯނިކް އިވެންޓްސްއިން މައުލޫމާތުދެވެ.

ރާރާ ޕްރޯ 2026" އަށް ބޮޑު ތަރުހީބެއް
ރާރާ ޕްރޯ 2026" އަށް ބޮޑު ތަރުހީބެއް

"ރާރާ ޕްރޯ" ގެ ފުރަތަމަ އެޑިޝަންކަމަށްވާ "ރާރާ ޕްރޯ 2025" ވެސް ކުރިއަށް ގެންގޮސްފައިވަނީވެސް ކ. ދިއްފުށީގައެވެ. މިދިޔަ އަހަރުގެ ޖުލައިމަހުގެ 10 އިން 12 އަށް ކުރިއަށް ގެންދިޔަ އިވެންޓުގެ އެއްވަނަ ހޯދާފައިވަނީ ރާއްޖޭގެ އެއްވަނަ ކައިޓްބޯޑަރު ހަސަން މާހިރެވެ. އަދި ދެވަނަ މުހައްމަދު ރާއިފް ޝަނީޒް ހޯދާފައިވާއިރު "ރާރާ ޕްރޯ 2026" ގެ އެމްބެސެޑަރކަމަށްވާ ވިސާމް މުހައްމަދަކީ ފާއިތުވެދިޔަ އަހަރު ތިންވަނަ ހޯދި ކައިޓްބޯޑަރުކަން ފާހަގަކޮށްލެވެއެވެ.

"ރާރާ ޕްރޯ އެޑިޝަން 2" ކުރިއަށްދާނީ މިމަހުގެ 1 އިން 6 ގެ ނިޔަލަށް ކ. ދިއްފުށީގައެވެ.