މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އާޖެންޓީނާ އާއި އިންގްލެންޑްގެ ފަރިތަކުރުންތައް އެމެރިކާގައި ފަށައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން އެ ޓީމުގެ ބޭސް ކަމުގައިވާ ކެންސަސް ސިޓީގައި ފެށިއިރު އެ ޓީމުގެ ސްކޮޑަށް ކޯޗު ލަޔޮނެލް ސްކެލޯނީ ނެގި ހުރިހާ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. ޓީމާއި އެންމެ ފަހުން ގުޅިފައިވަނީ އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީއަށް ކުޅެމުންދާ ކެޕްޓަން ލިއޮނެލް މެސީ އާއި ރޮޑްރިގޯ ޑި ޕޯލް އެވެ.
އާޖެންޓީނާ އިން އިއްޔެ ޕްރެކްޓިސްތައް ފަށާފައިވާއިރު ވޯލްޑްކަޕްގެ ކުރިން އެ ޓީމުން އެމެރިކާގައި އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ. އެއީ ހޮންޑިއުރާސް އާއި އައިސްލޭންޑް އާއި ދެކޮޅަށެވެ.
އާޖެންޓީނާ އިން މި މުބާރާތާއި ކުރިމަތިލާނީ 1962 ވަނަ އަހަރަށްފަހު ވޯލްޑްކަޕްގެ ތަށި ދިފާއުކުރާ ފުރަތަމަ ގައުމަށް ވުމަށެވެ.
ވޯލްޑްކަޕް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ އެއް ގައުމު ކަމުގައިވާ އިންގްލެންޑް އިން އެ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ ފްލޮރިޑާގެ ޕާމް ބީޗް ގާޑެންސްގަ އެވެ.
އިންގްލޭންޑްގެ ކުޅުންތެރިންނަށް އެމެރިކާގެ ހޫނުގެ ސަބަބުން އަސަރު ކުރާނެކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި ފުޓްބޯޅަ ސީޒަނަށްފަހު ކުޅުންތެރިން ޗުއްޓީ ހޭދަކުރަން އެމެރިކާއަށް ދިއުމަށްވެސް ގައުމީ ޓީމުގެ އޮފިޝަލުން ވަނީ ކުޅުންތެރިންނަށް އިރުޝާދު ދީފަ އެވެ.
ނަމަވެސް އިންގްލެންޑްގެ މިޑްފީލްޑަރ ޖޯޑަން ހެންޑަސަން އިއްޔެ ބުނެފައިވަނީ ހޫނުގަދަވުމުގެ ސަބަބުން ކުޅުންތެރިންނަށް އަސަރު ނުކުރާނެ ކަމަށާއި ކުޅުންތެރިންގެ އަމާޒު ހުރީ މި މުބާރާތުގައި ރަގަޅު ނަތީޖާތަކެއް ހޯދުމަށް ކަމަށެވެ.
ވޯލްޑްކަޕް ފެށުމުގެ ކުރިން އިންގްލެންޑް އިން އަންނަ ހޮނިހިރު ދުވަހު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ނިއު ޒިލޭންޑް އާއި ދެކޮޅަށް ކުޅޭނެ އެވެ.
އާޖެންޓީނާ އާއި އިންގްލެންޑްގެ ޕްރެކްޓިސް އެމެރިކާގައި ފަށައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed