ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި، ޕޭވްމަންޓު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީގެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭސިން ހިއްކުމާއި، 112 މީޓަރު އެއްގަމު ތޮށި ޝީޓްޕައިލް ކުރުމާއި، 30 ޓަނުގެ ބޯލާޑްސް ޖެހުމުގެ އިތުރުން ކޮންކްރީޓް ޕޭވިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، 18.80 މިލިޔަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ޕްރެސް ރިލީޒް:https://t.co/B09A9xU9WVpic.twitter.com/u9JhHiRQiM— MTCC Plc (@MTCCPlc)June 1, 2026
މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ލުއިކަމެއް ލިބި، ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެމްޓީސީސީން ޤަބޫލުކުރައްވައެވެ.
އެމްޓީސީސީއަކީ، ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބުކަމާއެކު ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކުންފުންޏެކެވެ.