މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އަޙްމަދު ނާޡިމް އިސްތިއުފާ ދެއްވައިފިއެވެ. މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އަޙްމަދު ނާޡިމް އިސްތިއުފާ ދެއްވާފައި މިވަނީ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އަޙްމަދު ނާޡިމް އިސްތިއުފާދެއްވިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާންކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިކަމާއި ގުޅިގެން އިތުރު ޖަލްސާއެއް މިއަދު މެންދުރު 13:00ގައި ބާއްވާނެކަންވެސް އިއުލާން ކުރައްވާފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޠިމް ވަކިކުރަން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލައަކީ، ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މައްސަލައެއް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވި ކަން ހާމަކުރައްވައި ނެރުއްވި ނޫސް ބަޔާނެއްގައި އޭނާ ވަނީ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް އިންކާރުކުރައްވާކަން ހާމަކުރައްވާފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޡިމް އިސްތިއުފާ ދެއްވައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed