ގއ.ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރިއެއް ހިންގައި ޒަޚަމްކޮއްލައިިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގި މައްސަލައެއް ރޭ 23:00އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާކަަމަށެވެ.

ފުލުހުން ވިދާޅުވީ، މިހާދިސާގައި އަނިޔާވިފަރާތަށް ގެމަނަފުށި ސިއްޚީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް ގއ.ވިލިިނގިލި ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގްކުރަމުންނެވެ