ދިވެހި ހުރިހާ ޙައްޖުވެރިން މިހާރުތިބީ މިނާގައެވެ. މިނާ އަދި އަރަފާތުގައިވެސް ޙާޖީން ތިބުމުގެ އެންމެހާ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ.

މިނާއަށް ދިޔުމަށް ޙައްޖުވެރިން ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފަތިޙުގެ ވަގުތެއްގައި މިނާއަށް ހުރިހާ ދިވެހި ޙައްޖުވެރިންނަށްވެސް އާދެވިފައިވާއިރު، މިނާގައި އަންހެނުން އަދި ފިރިހެނުން ޚާއްސަ ޓެންޓު، ކެއިންބުއިމަށް ޚާއްސަ ބުފޭ ސަރަޙައްދު ވަކިން ހުންނާނެއެވެ.

ޙާޖީން މިހާރު ތިބީ މިނާގައި، މިރޭ އަރަފާތަށް ފުރާނެ
ޙާޖީން މިހާރު ތިބީ މިނާގައި، މިރޭ އަރަފާތަށް ފުރާނެ

އަދި ޓެންޓުގައި ކޮންމެ ހާޖީއަކަށް ސޯފާ ބެޑަކާއި ބާލިސް އަދި ބެޑްޝީޓް ހުންނާނެއެވެ. މީގެއިތުރުން މުސައްލަ، ކުޑަ، ފެންފުޅި، ހިލަކޮޅު ހޮވާފައި އަޅާ ކޮތަޅު، ކުޑަ ދަބަހެއް އަދި ބައެއް ކަހަލަ ރީތިވާ ސާމާނުވެސް ކޮންމެ މީހަކަށް ވަކިން، ޕެކޭޖެއްގެ ގޮތުގައި ލިބޭނެއެވެ. ހުރިހާ ޓެންޓްތައް ހުންނާނީ އޭސީކޮށްފައެވެ.

ދިވެހިންނަށް 60 ފާޚަނަ ބަހައްޓާފައިވާއިރު، މީގެކުރިއާ އަޅާބަލާއިރު މިއީ 5 ގުނަ އިތުރު އަދަދެކެވެ.

ޙާޖީން މިހާރު ތިބީ މިނާގައި، މިރޭ އަރަފާތަށް ފުރާނެ
ޙާޖީން މިހާރު ތިބީ މިނާގައި، މިރޭ އަރަފާތަށް ފުރާނެ

މީގެއިތުރުން ޙާޖީންނަށް ތަފާތު ފިނި ބުއިންތައް އެއްވެސް އަގަކާ ނުލާ ލިބޭގޮތަށް، ޓެންޓުތައް ބޭރުގައި ފްރިޖްތައް ބަހައްޓާފައި ހުންނާނެއެވެ.

މިނާއެކޭ އެއްގޮތަށް، އަރަފާތުގައިވެސް ޙާޖީން ތިބުމުގެ ހުރިހާ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސާފައެވެ. ޙައްޖުވެރިން މަޝާއިރުގައި 6 ދުވަސް ހޭދަކުރާނެއެވެ.