ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ޝީޓްޕައިލްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ މީގެތެރޭގައި ހިމެނެނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 2، 3 އަދި 4 ކަމަށެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 2، 3 އަދި 4 ގައި ހިމެނޭ ސަރަޙައްދުގައި ޝީޓްޕައިލްކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރުދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް 400 މީޓަރުގެ ސަރަޙައްދެއްގެ ޝީޓްޕައިލްކޮށް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިދިޔަ ހަފުތާގެތެރޭގައި އެއްގަމުތޮށީގެ ކެޕް އެޅުވުމުގެ މަސައްކަތާއި، 4 ވަނަ ސެގްމަންޓުގެ ދުވާރުގެ މަސައްކަތްވަނީ ފަށާފައެވެ.
400 meters (76%) of sheet piling have been installed under segments 2, 3, and 4 of the Malé North Side Boduthakurufaanu Magu Road Project (Phase 1).
With the commencement of quaywall capping works last week, sidewalk construction has commenced in segment 4, along with the…pic.twitter.com/q20RoPx5cK— MTCC Plc (@MTCCPlc)May 20, 2026
މީގެއިތުރުން އެސަރަޙައްދުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި މިހަފުތާ ނިމޭއިރު އެސަރަޙައްދުގެ ނަރުދަމާގެ މަސައްކަތް ނިމޭނެކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ. ހަމައެއާއެކު ބޮޑުތަކުރުފާނު މަގުގެ އެކި ހިސާބުގައި ހުންނަ ފެންހިދާ ނިޒާމުތަކާއި ކާނުތައް އަދި މައި ފެންހޮޅިއާއި ގުޅުންހުރި މަސައްކަތްތައް ކުރަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 5 ސެގްމަންޓެވެ. އެއީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.