ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، މަރުޙޫމްގެ ޢާއިލާއަށާއި ތުރާކުނު ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ، ޢަބްދުﷲ ޖަލީލްއަކީ ހއ.ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަންވެސް ކުރައްވައި، ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައި ހއ.ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަންވެސް ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް އަވަހާރަވުމުގެ ހިތާމައިގައި މަރްޙޫމްގެ ޢާއިލާއަށާައި ތުރާކުނުގެ ލޮބުވެތި…pic.twitter.com/xWVcjyzwmk— Dr Mohamed Muizzu (@MMuizzu)May 20, 2026
ރައީސްގެ ޕޯސްޓުގައިވަނީ މާތްﷲގެ ތަނަވަސް ރަޙުމަތުގައި ލައްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.