ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެއެވެ.

މިމީހުންގެ ހަށިގަނޑު ހޯދުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. ގެއްލުނު މީހުންގެ ތެރެއިން ހޯދަމުން ދިޔަ 4 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށްދެވާފައެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ވިދާޅުވީ، ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ވަނީ ލޮކޭޓްކުރެވިފައިވާ ކަމަށެވެ. އަދި ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

މިމަސައްކަތުގައި އެހީވުމަށް ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުން ރާއްޖެއަށް ވަނީ އައިސްފައެވެ.

އިތުރު ތަފްސީލް އަންނަނީ....