ހައިވޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިޙާދިސާގައި ނިޔާވެފައިވަނީ 50 އަހަރުގެ ފިރިހެނެކެވެ.

ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން ހައިވޭގައި މިއެކްސިޑެންޓު ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭގައެވެ. މިއެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 22:12 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުންއައި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިއެކްސިޑެންޓު ތަޙުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.