އުރަމަތީގެ ކެންސަރަށް ޚާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު ހުޅުމާލޭ ހޮސްޕިޓަލުގައި ޚިދުމަތްކުރަން ފައްޓަވައިފިއެވެ.
ޑރ. އަލްޠާފް އަދުނާން އިސްމާޢީލް މިހާރުވެސް ކެންސަރު ބައްޔަށް ފަރުވާ ދެމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލާ ގުޅިވަޑައިގަތުމަކީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެހޮސްޕިޓަލުން ސިފަކުރައްވައެވެ.
ރާއްޖޭގައި ނިސްބަތުން އެންމެ ގިނަ ކެންސަރުގެ ބާވަތްކަމުގައިވާ އުރަމަތީގެ ކެންސަރަށް ޚާއްސަ އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި ޑރ. އަލްޠާފް އަދުނާން އިސްމާޢީލް ހުޅުމާލޭ ހޮސްޕިޓަލާ ގުޅިވަޑައިގަތުމުން އެހޮސްޕިޓަލުން ވަނީ ޑޮކްޓަރަށް މަރުޙަބާ ދަންނަވާފައެވެ. އަދި ސިއްޙީ ދާއިރާގައި ލިބިވަޑައިގެންފައިވާ އެތައް އަހަރެއްގެ ތަޖުރިބާއާއި އަލަށް ލިބިވަޑައިގެންނެވި މަޢުލޫމަތުގެ އަލީގައި ހޮސްޕިޓަލުން ދެމުންދާ ފަރުވާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް އެ ހޮސްޕިޓަލުން އުއްމީދުކުރެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް އަންނަ އެތައް ކެންސަރު ޕޭޝަންޓުންނެއްގެ އޮތް އެއް އުއްމީދަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން އެހޮސްޕިޓަލުގެ ފަރުވާގައި ބައިވެރިވެގެންދިޔުމެވެ.
We are delighted to warmly welcome Dr. Althaf Adnan Ismail, (General Surgery fellowship in breast cancer diseases) to our team. Her expertise and dedication will undoubtedly enhance the quality of care we provide to our community.
For appointments, please call: 1417pic.twitter.com/gj63DSmUW8— Hulhumalé Hospital (@HMH_mv)April 30, 2026
ރާއްޖޭގައި ގައިންގަޔަށް ނާރަ ބަލިތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ތަޙައްމަލުކުރަމުންދާ ގައިންގަޔަށް ނާރާ ބައްޔަކީ، ކެންސަރު ބައްޔެވެ. ކެންސަރުގެ ތެރެއިންވެސް އުރަމަތީގެ ކެންސަރަކީ ނިސްބަތުން އެންމެ ގިނަ ކެންސަރެވެ. ހުޅުމާލޭ ހޮސްޕިޓަލަކީ، ރާއްޖޭގައި ނިސްބަތުން ކެންސަރުގެ ފަރުވާ އެންމެ ގިނަ ބަޔަކު ހޯދަމުން އަންނަ ހޮސްޕިޓަލެވެ.
ކެންސަރުގެ ފަރުވާގައި މިވަގުތު އޮޕަރޭޝަން ޑޮކްޓަރަކަށް ހުންނެވި ހަމައެކަނި ދިވެހި ޑޮކްޓަރަކީ ޑރ. މުޙައްމަދު ޝިފާނެވެ. އަދި ކެންސަރަށް ޚާއްސަ ޑޮކްޓަރަކަށް ހުންނެވި ހަމައެކަނި ދިވެހި ޑޮކްޓަރަކީ ޑރ. މުޙައްމަދު އަމްރުއެވެ. އެހެންކަމުން އިތުރު ޑޮކްޓަރަކު މިދާއިރާއިން ސްޕެޝަލައިޒްވެގެން އައުމަކީ މުޅި ރާއްޖޭގެ ސިއްޙީ ނިޒާމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.