ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަލީ އާރިފް އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޒީރުން ފެންވަރުގައި އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޢަލީ އާރިފް ހިމެނި ވަޑައިގަންނަވައެވެ. އޭނާ އިސްތިއުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޕީއެސްއެމްއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އަލީ އާރިފްއަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.