ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާއި ގުޅޭ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން އެމަޤާމުގެ ވޯޓު އަލުން ގުނުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މީދޫ ކައުންސިލްގެ ރައީސް ހޯދުމަށް ނެގި ވޯޓާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ބަލައި އަލުން ގުނުމަށް ނިންމާފައިވަނީ ދ. މީދޫގައި ބެއްހެއްޓި 2 ނަންބަރު ވޯޓު ފޮށިަކަމަށެވެ. މި ފޮށި ގުނުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި މައްސަލަ ދިމާވީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާކަން ހާމަވުމުންނެވެ. އަދި އެފޮއްޓަށްލީ ވޯޓު އުނިކުުރުމުން ކައުންސިލް ރައީސްގެ ވޯޓު 2 ކެންޑިޑޭޓުންގެމެދުގައިވަނީ އެއްވަރުވެފައެވެ.
އެހެންކަމުން އެ ވޯޓްފޮށީގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމައި މީޑިއާތަކަށްވެސް ވަނީ ދައުވަތު ދީފައެވެ.
ދ. މީދޫގައި ބެއްހެއްޓި ވޯޓު ފޮއްޓެއް އަލުން ގުނަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed