ގަތަރު އެއަރވޭސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަކީ ރާއްޖެއަށް އަންނަން ބޭނުންވެފައިތިބި މީހުންނަށް ޚާއްސަކޮށް ފަތުރުވެރިންނަށް ލިބިގެންދިޔަ އުފާވެރި ޚަބަރެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ ވަޒީރު މިހެން ވިދާޅުވީ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، ޤަތަރު އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. މިއީ ރާއްޖެއަށް އަންނަން ބޭނުންވެފައިތިބި ފަތުރުވެރިންނާއި އަދި ދަތުރުވެރިންނަށްވެސް ލިބޭނެ އުފާވެރި ޚަބަރަކަށް ވާނެކަމަށެވެ.
ޤަތަރު އެއަރވޭސްއަކީ ރާއްޖެއާއި މުޅި ދުނިޔެއާއި ގުޅުވާލަދޭ މުހިންމު އެއަރލައިނެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ. އަދި މުޅި ދުނިޔެއާއި ރާއްޖެއާއި ގުޅުވާލަދިނުމަށް ޤަތަރު އެއަރވޭސްއިން އަދާކުރާ ދައުރަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
Great to see the resumption of Qatar Airways scheduled flights to Maldives. The resumed flights will no doubt be welcome news for Maldivian travelers and visitors to Maldives.
Qatar Airways remains a vital node, connecting Maldives to the wider world and I thank the airline for…pic.twitter.com/xcaGCLlVw7— Thoriq Ibrahim (@Thoriqibrahim)April 9, 2026
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ޤަތަރު އެއަރވޭސްއިން ވަނީ ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައެވެ. ނަމަވެސް މިއަދު އަލުން ވަނީ މި ދަތުރުތައް ފަށާފައެވެ. އޭޕްރީލް މަހުގެ 15ވަނަ ދުވަހާއި ހަމައަށް އެ އެއަރލައިނުން ހަފްތާއަކު 5 ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ހާލަތައް އަންނަ ބަދަލާއި ގުޅިގެން ދަތުރުތައް އިތުރުކުރާނެކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ. ޤަތަރު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2001 ގައެވެ.
ހަނގުރާމަ މެދުކަނޑާލުމާއިއެކު ގިނަ އެއަރލައިންތަކަކުން ދަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ. މި ދުވަސްވަރު ރާއްޖެއަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައްވެސް ދަނީ އަންނަމުންނެވެ.