ދުޅަހެޔޮ ދިރިއުޅުމަކަށާއި ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓްލޭޑީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ޞިއްޙީ ދުޅަހެޔޮކަމާއި ވަށައިގެންވާ މާހައުލާ ގުޅިފައިވާކަން ފާހަގަކުރައްވަމުން ސައިންސް ގެ އަލީގައި ހޯދާ ޞިއްޙީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭކަމަށް ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ދުޅަހެޔޮ ދިރިއުޅުމަކާއި ވަރުގަދަ މުޖުތަމައެއް ބިނާކުރުމުގައި ސައިންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
This#WorldHealthDay, we celebrate the power of science in shaping healthier lives and stronger societies. Evidence-based solutions protect our communities and save millions of lives.
Our health and well-being are deeply connected to our surroundings and the planet itself.…pic.twitter.com/hKThJWomKf— First Lady Sajidha Mohamed (@sajidhaamohamed)April 7, 2026
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ އަލަށް ފެންނަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށެވެ. އދި އިލްމު ކުރިއެރުވުމަށާއި، ދިރާސާތަކަށް އިންވެސްޓްކުރުމަށާއި، އަދި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެކަމަނާވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ކޮންމެ މީހަކަށްވެސް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހަކީ، ކޮންމެ އަހަރެއްގެވެސް އެޕްރީލްމަހުގެ 7ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރު ކަމަށްވާ "ޞިއްޙަތަށްޓަކައި އެކުގައި ސައިންސާއެކު ސާބިތުވެ ތިބެމާ" މި ޝިޔާރުގެ ދަށުން މިއަހަރުވެސް ދުނިޔޭޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.