ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސްކޫލްގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައެވެ. އަދި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގއ. ވިލިނގިލީ ތައުލީމީ މަރުކަޒުގައި ރޯވެ އަނދަނީ!
ގއ. ވިލިނގިލީ ތައުލީމީ މަރުކަޒުގައި ރޯވެ އަނދަނީ!

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ އިސް ބޭފުޅަކު ވިދާޅުވީ އަލިފާން ނިއްވާލުމަށް ކަމާބެހޭ ފަރާތްތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ.