ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އޯޓިޒަމް ކުދިންނާއި މީހުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ މުޖުތަމައުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ ނުވަތަ އޯޓިޒަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ދުވަހާއި ގުޅިގެނެވެ.
ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އޯޓިޒަމް ހުންނަ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، މިއަދު އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމަށްވުރެ ފުޅާކުރަންޖެހޭ ކަމަށާއި، ނިއުރޯޑައިވާސިޓީ ނުވަތަ ސިކުނޑީގެ ތަފާތުތައް ބަލައިގަނެ، ދައުލަތުގެ ސިޔާސަތުތަކުން އެކަން ފެންނަން އޮންނަންޖެހޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
On this World Autism Awareness Day, we must re-emphasize the inherent dignity and unconditional worth of autistic lives and recognise them as an integral part of every aspect of our society.
Today, our focus must go beyond awareness. It is essential that we embrace…pic.twitter.com/upezmq98da— First Lady Sajidha Mohamed (@sajidhaamohamed)April 2, 2026
ފަސްޓް ލޭޓީ ސާޖިދާ ވިދާޅުވީ، އެންމެންނަށްވެސް ބައިވެރިވެވޭފަދަ ދެމެހެއްޓެނިވި ތަރައްގީއެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އެގޮތުން އޯޓިޒަމް ހުންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު ތައުލީމާއި، ސިއްހީ ހިދުމަތްތަކާއި، ކުރިއަށް ދިއުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ފަސްޓް ލޭޑީ ސިފަކުރެއްވިއެވެ. އަދި މިފަދަ ހުރަސްތައް ނައްތާލުމުން ނޫނީ ކޮންމެ މީހަކަށްވެސް ހަމަހަމަ ހައްގުތަކާއި މިނިވަންކަމާއެކު އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީގެ މެސެޖުގައި، އޯޓިޒަމް ދުވަސް ފާހަގަކުރަމުންދާއިރު، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މިފަދަ ކުދިންނާއި މީހުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ މުޖުތަމައުގެ ކުރިއެރުމަށް އެޅޭ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ނުވަތަ އާއްމުކޮށް ކިޔާގޮތުންނަމަ އޯޓިޒަމްއަކީ، ސިކުނޑީގެ ނާރުތަކަށް އަންނަ ބަދަލެއްގެ ސަބަބުން، ކަންކަން ނަގައިގަނެވޭގޮތް ނުވަތަ ވިސްނޭގޮތަށް އަންނަ ބަދަލަކުން ކުރިމަތިވާ ހާލަތެކެވެ. މިއީ ކުއްޖާ ދުނިޔެއަށް އުފައްވާއިރުވެސް، އެކަމަކާއި އެކީގައި އުފަންވާ ހާލަތެކެވެ. އޯޓިޒަމްއަކީ ބައްޔެއް ނޫނެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ އާންމުން މިކަމަށް ހޭލުންތެރިކުރުވުމުގެ މަޤުސަދުގައެވެ.