24 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ތުރުކީ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ އެވެ.
2002 ވަނަ އަހަރަށްފަހު ތުރުކީ ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ ޔޫރަޕްގެ ޕްލޭއޮފްގެ ފައިނަލުގައި ކޮސޯވޯ އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. 2002 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދުމަށްފަހު އެ މުބާރާތުގެ ތިންވަނަ މަގާމް ތުރުކީ އިން ވަނީ ހޯދާފަ އެވެ.
ކޮސޯވޯގައި ކުޅުނު ޕްލޭއޮފް ފައިނަލުގައި ތުރުކީ އިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 53 ވަނަ މިނިޓުގައި ކަރީމް އަކްތޫރްކޮގްލޫ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ފީފާ އާއި ޔޫއެފާގެ މެމްބަރުކަން 2016 ވަނަ އަހަރު ލިބިފައިވާ ކޮސޯވޯ އިން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ޖާގައެއް ހޯދުމަށް ކުރި ދަތުރުގައި އެ ޓީމުން ވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އަދި ތުރުކީ އާއި ދެކޮޅަށް ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯ ގުޅިގެން މި އަހަރު ބާއްވާ މުބާރާތުގައި ތުރުކީ ހިމެނެނީ ގްރޫޕް ސީ ގައި މުބާރާތް ބާއްވާ އެމެރިކާގެ އިތުރުން އޮސްޓްރޭލިއާ އާއި ޕެރަގުއޭ އެވެ.
އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ފުރުސަތު ތުރުކީ އަށް ގެއްލިފައިވަނީ ޕްލޭއޮފްގައި ޕޯޗުގަލް އަތުން ބަލިވެގެންނެވެ.
24 އަހަރަށްފަހު ތުރުކީ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed