އެމެޖެންސީ ނޫން ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ މިފެށޭ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ނޫސްވެރިން ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ހޯދުމަށް އައު އުސޫލެއް ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މިހާރު ޚިދުމަތްދޭ ގޮތުގެ އިތުރަށް އިތުރު ހާލަތްތަކުގައި އެމްބިއުލާންސް ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިތުރު ތަފްޞީލް އަންނަނީ....