ފަސް ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މިމަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އެވުޒާރާގެ އޮފީހުގައި ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފެވެ.
މިއަދު ޙަވާލުކުރި މަޝްރޫޢުތަކަކީ، ލ. މުންޑޫ ބަނދަރު ތަރައްޤީ ކުރުމާއި، ގދ. ހޯނޑެއްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ގއ. ނިލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ނ. ލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަޙައްދު އަދި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ އިތުރުން ރ. އަނގޮޅިތީމު ބަނދަރާއި ޖެޓީގެ އިތުރުން އެ ރަށުގެ މޫދަށް އެރޭ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢެވެ.
5 ރަށެއްގެ އުމްރާނީ ތަރައްޤީގެ 5 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
- ލ. މުންޑޫ ބަނދަރު ތަރައްޤީކުރުން
- ގއ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުން
- ގދ. ހޯނޑެއްދޫ ގޮނޑުދޮށް…pic.twitter.com/2U31iNOAky— Ministry of Construction, Housing & Infrastructure (@MoCImv)March 25, 2026
ލ. މުންޑޫ ބަނދަރު ތަރައްޤީކުރުން
243މ އެއްގަމު ތޮށި ޖެހުން
- 01 ރޭމްޕް ހެދުން
- 09 މަގު ބައްތި ހަރުކުރުން
- 1215 އަކަމީޓަރު ދުވާރު ހެދުން
- 106 މީޓަރު ރިވެޓްމަންޓް ޖެހުން
- 249 މީޓަރު ބޭރުތޮށި ޖެހުން
ގދ. ހޯނޑެއްދޫ ގޮނޑުދޮށް ޙިމާޔަތްކުރުން
- 831މ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
- 539މ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން
- 225މ ބޮޑުހިލައިގެ ގްރޮއިން ޖެހުން
ގއ. ނިލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުން
- • 41،800 ސީބީއެމް ވެލި ބެކްފިލް އަދި ބީޗް ފިލް ކުރުން
- • 533މ ބޮޑުހިލަ ރިވެޓްމަންޓު ޖެހުން
- • 145މ ބޮޑުހިލަ ގްރޮއިން ޖެހުން
ނ. ލަންދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމާއި މޫދަށް އެރޭ ސަރަޙައްދާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުން
- - 320މ ބޮޑުހިލަ ބޭރުތޮށި ޖެހުން
- - 290މ ގްރޮއީން ޖެހުން ޖެހުން
- - 01 މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުން
- - 01 ދޯނިއެހެލާ ސަރަޙައްދު ހެދުން
ރ. އަނގޮޅިތީމު ބަނދަރާއި ޖެޓީގެ އިތުރުން މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުން
- 7،815 ސީބީއެމް ވެލި އައު ބަނދަރު ނެރު ފުން ކުރުމަށް ކޮނުން
- • 5،970 ސީބީއެމް ވެލި ބައު ބަނދަރު ނެރު ފިލް ކުރުން
- • 102މ ބޮޑުހިލަ ބްރޭކް ވޯޓަރ ޖެހުން
- • 21މ ބޮޑުހިލަ ގްރޮއިން ޖެހުން
- • 2 ނެރު ބައްތި ޖެހުން
- • މޫދަށް އެރޭ ސަރަޙައްދު ފުންކުރުން
- • 80މ ބޮޑުހިލަ ގްރޮއިން ޖެހުމާއި 110މ ބޮޑުހިލަ ބްރޭކް ވޯޓަރ ޖެހުން
- • ބީޗް ފިލްކުރުން
- • 105މ ކޮންކްރީޓު ޖެޓީ ހެދުން
- • 2 ފައްތިޔާ
މުންޑޫގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ގދ. ހޯނޑެއްދޫގެ މަޝްރޫޢު 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވާއިރު، ގއ. ނިލަންދޫގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ނ.ލަންދޫއާއި ރ. އަނގޮޅިތީމުގެ މަޝްރޫޢު ނިންމުމަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލްއާއި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޓީސީސީން އަންނަނީ، މުޅިރާއްޖެ ހިމެނޭހެން އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.