ޓެކްސީ ލައިންގައި ޕާޓްޓައިމްކޮށް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ، މާލެ ޓެކްސީ ލައިންގެ ޚިދުމަތާއި ގުޅުމަށް ބޭނުންވާ ޕާރޓް-ޓައިމް ޑްރައިވަރުންނަަށް ރަޖިސްޓަރި ވުމަށް މިހާރު ފުރުޞަތު ހުޅުވާލައިފައިވާ ކަމަށާއި، ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވަނީ އެކަމަށް ޚާއްސަކޮށްފައިވާ https://drivers.mtcc.com.mv މެދުވެރިކޮށް ކަމަަށެވެ.

ޓެކްސީ ލައިންށް ޕާޓްޓައިމްކޮށް އަދި ފުލް ޓައިމްކޮށްވެސް ޑްރާއިވަރުން ދަނީ ނަގަމުންނެވެ. ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

މި ހުރިހާ ޑްރއިވަރުންވެސް ނަގަމުންދަނީ ވޯކްއިން އިންޓަވިޔުތައް ބާއްވައިގެންނެވެ. އެގޮތުން އިއްޔެވެސް ވަނީ ވޯކިން އިންޓަވިޔުއެއް ބާއްވާފައެވެ.

އެމްޓީސީސީން މިހާރު ވަނީ ޓެކްސީ ލައިންގެ ޚާއްސަ ހޮޓްލައިންއަކަށް 1655 ކަނޑައަޅާފައެވެ. އަދި ޕްރައިވެޓް އެހެން ޓެކްސީ އެޕްތަކެކޭ އެއްފަދައިން، ސަރުކާރުންވެސް މި ޚިދުމަތް ދޭން ނިންމާފައި ވަނީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.