ޓީބީ ބައްޔާ ބެހޭ ސައްޙަ މައުލޫމާތު ފެތުރުމާއި، ބަލިމީހާއާ މެދު ދެކޭ ނަޒަރިއްޔާ ބަދަލުކޮށް އޯގާތެރިކަން އިސްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ، މިއީ ހަމައެކަނި ތަފާސްހިސާބުތަކުން ދައްކާލާ އަދަދުތަކެއް ނޫން ކަމަށެވެ. މި ބަލިޖެހޭ ކޮންމެ މީހަކީވެސް އެމީހެއްގެ އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ބުރޫއަރައި، އާއިލާއަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް ރާވާފައިވާ ކަންކަން މެދުކަނޑާލަން ޖެހިފައިވާ މިހެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
On this#WorldTBDay, we acknowledge that tuberculosis is more than a statistic. Every case represents someone whose daily life is interrupted, whose family is affected, whose plans are put on hold.
While TB is preventable and curable, stigma and lack of awareness keep too many…pic.twitter.com/jX5GF1DKyj— First Lady Sajidha Mohamed (@sajidhaamohamed)March 24, 2026
ޓީބީއަކީ ދުރާލައި ރައްކާތެރިވެވޭ އަދި ފަރުވާކޮށްގެން ފަސޭހަވާ ބައްޔެއް ނަމަވެސް، މުޖުތަމައުގައި މި ބައްޔާ މެދު އޮންނަ ނުރަނގަޅު ތަސައްވުރާއި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، ގިނަ ބަޔަކަށް އެކަށީގެންވާ ވަގުތުގައި ފަރުވާ ހޯދުމަށް ހުރަސްތަކާ ކުރިމަތިވެފައިވާކަަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. މި ބަލި ނައްތާލުމަކީ ހަމައެކަނި ބޭސްފަރުވާ ކުރުމެއް ނޫންކަމަށާއި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމައެއް ބިނާކުރުމާއި، ބައްޔާ ބެހޭ ސައްޙަ މައުލޫމާތު ފެތުރުމާއި، ބަލިމީހާއާ މެދު ދެކޭ ނަޒަރިއްޔާ ބަދަލުކޮށް އޯގާތެރިކަން އިސްކުރަން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ރައްކާތެރިވެވޭނެ ގޮތާއި ފަރުވާ އެނގޭ ބައްޔެއްގެ ސަބަބުން އެއްވެސް މީހަކު އިތުރަށް ތަކުލީފު އުފުލަން ނުޖެހޭނެކަން ކަށަވަރު ކުރެވޭނެކަމަށެވެ.
ޓީބީ ބައްޔާއި ދެކޮޅަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ރާއްޖެއިންވެސް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން 2030 ވަނަ އަހަރު އަންނައިރު މިބައްޔަކީ އޭގެ ސަބަބުން ރާއްޖޭގައި އާންމު ސިއްޙަތަށް ނުރައްކާ ނުވާ މިންވަރަށް މަދުކުރެވިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ.