ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ރަފީނިއާ ހެދި ހެޓްރިކާއެކު 5-2 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ގައި ފަންސާސް ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާ އިން ސެވިއްޔާގެ ގޯލު ހުޅުވާލަފައިވަނީ މެޗުގެ 9 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ރަފީނިއާ އެވެ.
އަދި ބާސެލޯނާ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީވެސް މެޗުގެ 21 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ރަފީނިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ބާސެލޯނާ އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ޑެނީ އޮލްމޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ސެވިއްޔާގެ އޮސޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
ބާސެލޯނާގެ ބްރެޒިލް ފޯވަޑް ރަފީނިއާ މި މެޗުގައި ހެޓްރިކް ހަދާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ފަރމިން ލޮޕޭޒް ދިން ޕާހަކުން ޖެހި ލަނޑުންނެވެ. އަދި މެޗުގެ 60 ވަނަ މިނިޓުގައި ޖޮއާއޯ ކެންސެލޯ ވަނީ ބާސެލޯނާއަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ.
ސެވިއްޔާ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ އިންޖަރީ ވަގުތުގެ ދެވަނަ މިނިޓުގައި ޖިބްރީލް ސޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން ލިބިފައިވާ 70 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.
ރަފީނިއާގެ ހެޓްރިކާއެކު ބާސެލޯނާ އަށް ފަސޭހަ މޮޅެއް
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed