ކެޕްޓަން އަދި ޑިފެންޑަރު ރީސް ޖޭމްސް ޗެލްސީގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

އައު ކޮންޓްރެކްޓާއެކު އިނގިރޭސި ޑިފެންޑަރު 2032ގެ ނިޔަލަށް އެންމެ ފަހުގެ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމުގައި ހުންނާނެ އެވެ.

"އަހަރެން މި ހުރީ ވަރަށް އުފަލުން ކޮންޓްރެކްޓް އާ ކުރެވުމުން. ޗެލްސީ އަކީ އަހަރެންނަށް ވަރަށް މުހިންމު ކުލަބެއް. އަހަރެން އަބަދުވެސް ބުނަން އަހަރެން ބޭނުންވަނީ އަހަރެންގެ އެންމެ ގަދަ ދުވަސްތައް މި ކުލަބުގައި ހޭދަ ކުރާށޭ. އަހަރެން ގަބޫލު ކުރާ ގޮތުގައި ޗެލްސީގައި މޮޅު ޓީމެއް ހެދޭނެ ހުރިހާ ސިފަތަކެއް އެބަހުރި،" ޖޭމްސް ބުންޏެވެ.
އޭނާ އަދި ބުނީ ޗެލްސީގެ އެކަމީގެ ފެށިގެން އައި ކުޅުންތެރިއަކަށް އޭނާ ވުމުން ޓީމުގައި ދެމި ހުރުމަކީ އަބަދުވެސް އެދޭ ކަމެއް ކަމަށެވެ.

"އަހަރެންނަކީ ޗެލްސީގެ މީހެއް އަހަރެން ކުޑައިރުއްސުރެ ސަޕޯޓް ކުރަނީ ވެސް ޗެލްސީ އަށް. މިހެންވެ މި ކުލަބާމެދު އަހަރެން ފަހުރުވެރިވަން. އަދި މި ކުލަބުގައި ހުރުމަށް އަބަދުވެސް އެދެން،" ޖޭމްސް ބުންޏެވެ.

އޭނާގެ ސޮއި ލިބުމުން ކޯޗު ލިއަމް ރޮޒީނިއާ ބުނީ ޖޭމްސް އަކީ ޗެލްސީގެ އެންމެ ވަރުގަދަ އެއް ދިފާއީ ތަނބު ކަމަށާއި ކުޅުންތެރިޔާ ސޮއި ކުރުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށެވެ.

"އަހަރެން މި ކުލަބުގައި ހުރެ ކާމިޔާބު ހޯދައިފިން. އަހަރެން އައީ ކުލަބުގެ އެންމެ އެތެރެއިން. އަހަރެން ގަބޫލު ކުރަނީ މި ކުލަބުގައި ހުރެ ހޯދި ކާމިޔާބީތަކަށްވުރެ ގިނަ ކާމިޔާބީ ކުރިމަގުގައި ހޯދޭނެ ކަމަށް،" ޖޭމްސް ބުންޏެވެ.