ތެލުގެ ވިޔަފާރިން އެސްޓީއޯއަށް ލިބޭ ފައިދާ ކުޑަކޮށްގެންވެސް، ތެލުގެ އަގު މައްޗަށް ދިޔަނުދީ ހިފަހައްޓާނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު ދުނިޔޭގެ މާކެޓްގައި ދެގުނައަށް އުފުލިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަމުގެ އަސަރު ރައްޔިތުންނަށް ވިހާވެސް ކުޑަވާނެހެން ކަންކަން ހަމަޖެއްސެވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު ރާއްޖޭގައި ތެލުގެ އަގު މައްޗަށް އަރައިގެން ދިޔަނުދީ ކޮންޓްރޯލްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް މިހާތަނަށް ކުރިމަތިނުވާކަމަށާއި، ތެޔޮ ގެންނަ ތާވަލާއި އެއްގޮތަށް ރާއްޖެއަށް ތެޔޮ ލިބެމުންދާކަމަށެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން މިހާރުވެސް ތެލަށް ބޮޑު ސަބްސިޑީއެއް ދެމުންދާއިރު، އިތުރަށް ބާޒާރުގައި ތެލުގެ އަގު ބޮޑުވާނަމަ ދެވަނަ ވިސްނުމަކީ އެސްޓީއޯގެ ފައިދާއިން، އެއަށް ބޭނުންވާ ޚަރަދު ހަމަޖެއްސުންކަމަށެވެ.
"އިތުރަށް އަގު ބޮޑުވާނަމަ، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އެބްޒޯބް ކުރެވޭނެ ގޮތަށް ދަނީ މަސައްކަތް ކުރަމުން. މާކެޓަށް އައި އަސް ބަދަލަށްވުރެ ރާއްޖޭގައި ވަރަށް ކުޑަ ބަދަލެއް މި އައީ. މިއީ ވަރަށް ނާޒުކުރު ކަމެއް. ވަރަށް ބޮޑަށް އަގުތަކަށް ބަލާފަ ތެލުގެ އަގު ހަދަނީ." ވަޒީރު ވިދާޅުވިއެވެ.
ވަޒިރު ވިދާޅުވީ އެސްޓީއޯގައި ތެޔޮ އުފުލާ 24،500 މެޓްރިކް ޓަނުގެ ބޯޓުގައި ތެޔޮ ރައްކާކުރެވޭއިރު، މިވަގުތުވެސް 22،000 މެޓްރިކް ޓަނުގެ އިތުރު 2 ބޯޓު ތެޔޮ ހިފައިގެން ރާއްޖެ އައުމުގެ މަރުހަލާގައި އެބައޮތްކަމަށެވެ. މީގެތެރެއިން އެއް ބޯޓުކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށާއި އަދި އަނެއް ބޯޓު ތެޔޮ ހިފައިގެން މިއަދު ފުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އެސްޓީއޯގެ ފައިދާ ކުޑަކޮށްގެންވެސް، ތެލުގެ އަގު ކޮންޓްރޯލްކުރާނެ"
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed