ސިނަމާލެ ބްރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި މި އެކްސިޑެންޓު ހިނގީ ހަތަރު އުޅަނދެއް ޖެހިގެންކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދެ ކާރާއި ދެ ސައިކަލުކަމަށެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ 2 މީހަކު ހޮސްޕިޓަލުގައި!
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed