ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގަ ސެމީ ފައިނަލުގެ ފަހު ޖާގަތަށް ޕޮލިސް ކުލަބާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އިތުރުން ފޮރިން މިނިސްޓްރީން ޔަގީންކޮއްފިއެވެ.

މާފަންނު ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކުރިކެޓް ދަނޑުގައި މިއަދު ކުޅުނު ފުރަތަމަމެޗުން ފުލުހުން މޮޅުވީ އިމިގެރޭޝަންއާ ވާދަކޮށް 9 ވިކެޓުން މެޗު ކާމިޔާބުކޮއްގެންނެވެ.

ގުރުދިމާވުމުން އިމިގްރޭޝަނުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 105 ލަނޑެވެ. އިމިގްރޭޝަނުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 12 ބޯޅައިން 18 ލަނޑު އެއްކުރި އަހުމަދު އާމިރެވެ.

ޕޮލިސް، ކަސްޓަމްސް އަދި ފޮރިން ސެމީއަށް
ޕޮލިސް، ކަސްޓަމްސް އަދި ފޮރިން ސެމީއަށް

ޖަވާބުގާ ފުލުހުންގެ ޓީމުން ކުޅެންއަރާ 6.5 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 108 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 9 ބޯޅައިން 32 ލަނޑު ހެދި އަހުމަދު ޝިރުހާންއެވެ.

މިއަދު ކުޅުނު ދެވަނަ މެޗު ފޮރިން މިނިސްޓްރީ ކާމިޔާބު ހޯދީ ކުޅިވަރު ވުޒާރާގެ މައްޗަށް 9 ވިކެޓުން ކުރިހޯދައިގެންނެވެ.

ގުރުދިމާވުމުން ކުޅިވަރު ވުޒާރާ އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 122 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 33 ލަނޑު ހެދި ސައިފުލް އިސްލާމެވެ.


ޕޮލިސް، ކަސްޓަމްސް އަދި ފޮރިން ސެމީއަށް
ޕޮލިސް، ކަސްޓަމްސް އަދި ފޮރިން ސެމީއަށް

ޖަވާބުގައި ފޮރިން އިން ކުޅެންއަރާ 7.4 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައުވެގެން 123 ލަނޑު ހަދައި މެޗު ކާމޔާބު ކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 32 ލަނޑު ހެދި އާރިފް ރިޒާއެވެ.

މުބާރާތުގެ ސެމީގައި ޕޮލިސް ނުކުންނާނީ ފޮރިން މިނިސްޓްރީއާ ދެކޮޅަށެވެ. ސިފައިން ނުކުންނާނީ ކަސްޓަމާ ދެކޮޅަށެވެ.