މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު ޖަލުގައި އޮއްވާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އުމުރުން 22 އަހަރުގެ އިބްރާހިމް ނަބީހް ނަސީމްއެވެ.

އިބްރާހިމް ނަބީހް ނަސީމް ތައިލެންޑުން ހައްޔަރުކޮށްފައިވަނީ 2024 ފެބުރުވަރީ 22 ވަނަ ދުވަހު އެ ގައުމުގެ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާކަމަށެވެ. ނަމަވެސް އޭނާ ނިޔާވި ސަބަބާއި އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.