މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހަމަކޮށް، ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން ދަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ ކުންފުނި އައިލޭންޑް އެވިއޭޝަން ސާވިސަސްއިންނެވެ. މާފަރު އިންޓަރނޭޝަން އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏާކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރުގެ ޓަރމިނަލާ އިންވެގެން 2 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވެއްޖެ

މި މަސައްކަތް ޢަމަލީގޮތުން ފެށުމަށް ބޭނުންވާ ސާމާނު ޗައިނާ ކުންފުނިން މާފަރަށް ގެންގޮސްފައިވާއިރު، މީހާރު ވަނީ އެކަމާ ގުޅޭ މަސައްކަތްތައް ސައިޓުގައި ފަށާފައެވެ. އެގޮތުން ބޭނުންވާ ހެވީ ވެހިކަލްތަކާއި ބަލްކް މުދާވެސް ވަނީ ގެނެސްފައެވެ.

ޓަރަމިނަލްގެ އައު އިމާރާތަކީ 6238 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. އައު އިމާރާތާއެކު ޓަރމިނަލްގެ ޖާގަ 12476އަށް އިތުރުވެ، މުޅި ޕެސެންޖަރ ޓަރމިނަލްގެ ޖާގަ ދެގުނަ އިތުރުވާނެއެވެ.

3.6 މިލިއަން ޑޮލަރަށް މި މަސައްކަތް ހަވާލުކޮށްފަވަނީ 10 މަސް ދުވަހުން ނިންމާގޮތަށެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވެއްޖެ
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވެއްޖެ

މާފަރު އިންޓަރނޭޝަންލް އެއަރޕޯޓަކީ އަތޮޅުތަކުގެ އެއަރޕޯޓު ތަކުގެތެރެއިން އެންމެ ގިނަ ދަތުރުތައް އޮންނަ އެއަރޕޯޓެވެ. ޕީކް ސީޒަންގައި 20-25 ދަތުރު މާފަރު އެއަރޕޯޓުން ކުރެއެވެ. ނ. އަތޮޅަކީ ރާއްޖޭގައި ލަގްޒަރީ އެއަރޕޯޓްތައް އެންމެ ގިނަ އަތޮޅަށް ވުމާއެކު، މާފަރު އެއަރޕޯޓަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓު އްސައެވެ.

ޓަރމިނަލް އައު އިމާރާތާއެކު ގިނަ ޚިދުމަތްތައް ފުޅާވެގެން ދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވިއެވެ. މިގޮތުން މިހާރު ބޭނުން ކުރާ އެރައިވަލް ހޯލް ބޮޑުކޮށް، ބެގޭޖް ހޭންޑްލިންގް ބެލްތް ބޮޑުކުރާނެއެވެ. މީގެ އިތުރުން މަޝްރޫޢު ނިމިގެންދާއިރު ފުރަތަމަ ފަނގިފިލާގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް ޤާއިމްކުރާނެއެވެ. އަދި ގްރައުންޑް ފްލޯގައި 4 ސީއައިޕީ ލައުންޖް ޤާއިމްކުރާނެއެވެ.

މާފަރު އެއަރޕޯޓް ހުޅުވާ ޚިދުމަތް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ފަހުން ނިމުނު އަހަރު ވަނީ މާފަރު އެއަރޕޯޓްގެ ރަންވޭ ބޮޑުކޮށް، އޭޕްރަންއާއި ޓެކްސީ ވޭއަށްވެސް އިތުރު ތަރައްޤީ ގެނެސްފައެވެ. އަދި އެއަރޕޯޓާއި ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށް މާސްޓަރ ޕްލޭނެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.