ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޒޯން 3 ގެ ޗެމްޕިއަންކަން، އަނެއްކާވެސް އޭދަފުށިން ހޯދައިފިއެވެ.
މިދިޔަ އަހަރުވެސް މި ޒޯނުގެ ޗެމްޕިއަންކަން ހޯދި އޭދަފުށިން މި ފަހަރުގެ މުބާރާތުގެ ޒޯން 3 ގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގާފަރުގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.
ވާދަވެރިކަން ބޮޑުވި މި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގައި އޭދަފުށީގެ ލަނޑުތައް ޖަހައިދިނީ މުއާޒް އަލީ އާއި އިމްތިޝާލް އަބްދުލް ރަހީމެވެ.
ގާފަރުން މެޗުގައި ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދެވެ.
ފުރިހަމަވަގުތުގެ ކުޅުން ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، އޭދަފުށިން ޕެނަލްޓީގައި ކުރިހޯދީ 2-4 ގެ ނަތީޖާއަކުންނެވެ.


އޭދަފުއްޓާއި ގާފަރު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ގޯލްޑަން ފުޓްސަލް
މިއާއެކު އޭދަފުށިން އަނެއްކާވެސް ޒޯން 3 ގެ ޗެމްޕިއަންކަން ހޯދިއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތިރިއަކަށް ހޮވުނީ އޭދަފުށީގެ ހުސެއިން ޝަރީފެވެ.


ޒޯން 3 ގެ މޮޅު ކުޅުންތެރިޔާ. ފޮޓޯ: ގޯލްޑަން ފުޓްސަލް

މި ޒޯނުގެ ޓޮޕް ސްކޯރަރ އަކަށް ހޮވުނީ ޝަނާން ރަޝީދެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުސެއިން ޝަރީފެވެ.
